Publication Thumbnail

ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ޚާއްސަ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު

18 ސެޕްޓެމްބަރު 2025

ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި މި ވުޒާރާއިން، 2025 އޮކްޓޫބަރ 18 ގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއެކްސްޕޯގައިބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރވުމަށް، 2025 ސެޕްޓެންބަރު29ވަނަ ދުވަހުގެ 14:00 ގެ ކުރިންތިރީގައިވާ ލިންކް މެދުވެރިކޮށް އެކްސްޕޯގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުމަށް އެދި ދެންނެވީމެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/nQa7JsaNUV

އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް، މިވުޒާރާގެ ނަންބަރު 3322625 އަށް ގުޅުއްވުން އެދެމެވެ.

އިއުލާން ނަންބަރު:

(IUL)492-MB/492/2025/139