Publication Thumbnail

ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތެކެތީގެ ދުވަހާއި އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަހާއި ގުޅިގެން ބާއްވާ ޕޯސްޓަރ ކުރެހުމުގެ މުބާރާތް އައު

01 އޮކްޓޯބަރު 2025

ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތެކެތީގެ ދުވަހާއި އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަހުގެ ޝިއާރާއި ގުޅުވައިގެން ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ހުޅުވާލަމެވެ. މި މުބާރާތުގެ މަޤްސަދަކީ މި ދުވަސްތަކުގެ މުހިންމުކަން ފާހަގަކޮށް، އެކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ތިރީގައި މިވާ އުމުރު ފުރާ ތަކަށެވެ.

2025 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތެކެތީގެ ދުވަހުގެ ޝިޔާރަކީ:

Hand in Hand for Better Foods and a Better Future 

ރަނގަޅު ކާނާ އާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ

2025 ވަނަ އަހަރުގެ ދުނިޔޭގެ ޖަނާވާރު ދުވަހުގެ ޝިޔާރަކީ:

ޖަނަވާރުން ރައްކާތެރިކޮށް، ދުނިޔެ ސަލާމަތްކުރަމާ

Save Animal, Save the Planet!

މި ބުރާތުގައި ބައިވެރިވުމުގެ ޝަރުތުތައް އަދި ސަމާލުކަން ދޭން ޖެހޭ ކަންކަން:

1. ކޮންމެ ބައިވެރިއަކަށް ހުށަހެޅޭނީ ކޮންމެ ތީމްއަކުން އެންމެ އެންޓްރީއެކެވެ. އެއް އެންޓްރީ އަށް ވުރެ ގިނައިން ހުށައަޅައިފިނަމަ މުބާރާތުން ވަކިކުރެވޭނެއެވެ.

2. މި މުބާރާތުގެ އެންޓްރީ މުއްދަތު ފެށޭނީ 2 އޮކްޓޯބަރ 2025ގެ ހެދުނު 9.00 ގައެވެ. އަދި ނިމޭނީ 16 އޮކްޓޯބަރ 2025ގެ 13:00 އަށެވެ އަށެވެ.

3. މި މުބާރާތުގައި ބައިވެރިކުރެވޭނީ A4 ސައިޒަށް ކުރަހާފައިވާ، ހަމައެކަނި ޖޭޕެގް (JPEG) ފޯމެޓްގައި ރައްކާކޮށްފައިވާ ޑިޖިޓަލް ފައިލްތައް އެކަންޏެވެ. އަދި ހުށަހެޅުންތައް ބައިވެރި ކުރަންވާނީ ދީފައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ.

ޖަނަވާރުންގެ ދުވަހުގެ ހުށަހެޅުންތައް:https://forms.gle/xZZDkSGdWtNykQLg8

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހުށަހެޅުންތައް:https://forms.gle/E2KuBGYVwELS9j7R8

4. ޕޯސްޓަރު އެންޓްރީތައް ކުރަހާފައި، ކުލަޖައްސާފައި ނުވަތަ ކުރެހުމުގެ ގޮތުގައި ހުށަހެޅިދާނެއެވެ. މިގޮތުން ގަލަމުން، ފަންސުރުން، ކުރެޔޯނުން، ތެޔޮކުލަ، އެކްރިލިކް ނުވަތަ ފެންކުލައިން، އަދި މިކްސްޑް މީޑިއާ ބޭނުންކުރެވިދާނެއެވެ. ޑިޖިޓަލްކޮށް އުފައްދާފައިވާ އާޓްވޯކް އަދި ފޮޓޯ ހުށައެއްނޭޅޭނެއެވެ.

5. ބައިވެރިންނަށް އެއްވެސް ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްއަކުން އުފައްދާފައިވާ ކޮންޓެންޓެއް ހިމެނޭ އެއްވެސް އެންޓްރީއެއް ހުށައެއްނޭޅޭނެއެވެ.

6. ޕޯސްޓަރު ތަކުގައި ލިޔުން ހިމެނިދާނެއެވެ. ލިޔުން ބޭނުންކުރާނަމަ، 25 ބަހަށްވުރެ ނުވަތަ 50 އަކުރަށްވުރެ ގިނަ ނުވާނެހެން ބޭނުންކުރެވިދާނެއެވެ. ލިޔުން ހުންނަންވާނީ ދިވެހިން ނުވަތަ އިންގިރޭސިންނެވެ. އަދި ލިޔުމުގެ ތެރޭގައި ކާކުކަން އެނގޭ ފަދަ އަމިއްލަ މަޢުލޫމާތު ހިމަނައިގެން ނުވާނެއެވެ.

7. ޕޯސްޓަރު ތަކުގައި ނަން، ސްކޫލުގެ ނަން ނުވަތަ އުމުރު ފަދަ އަމިއްލަ މަޢުލޫމާތު ހިމަނައިގެން ނުވާނެއެވެ.

8. ހުރިހާ ކުރެހުމަކީ ވެސް އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ.

9. ޕޯސްޓަރުތައް ހުށަހެޅޭނީ ހަމައެކަނި ދީފައިވާ އެންޓްރީ ފޯމު / ގޫގުލް ފޯމް މެދުވެރިކޮށެވެ. މުބާރާތުގެ އެންޓްރީ ފޯމުގައިވާ ހުރިހާ ބައިތަކެއް ފުރިހަމަ ކުރަންވާނެއެވެ. އަދި ޕޯސްޓަރުގެ ޑިޒައިން އަޕްލޯޑް ކުރުމަށްފަހު، "ސަބްމިޓް" ބަޓަންއަށް ފިތަން ހަނދާކުރަންވާނެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 3033408 ނުވަތަ [email protected]