Publication Thumbnail

ދިވެހިރާއްޖެއަށް ގަސްގަހާގެއްސާއި، ގަހުގެބައިތަކާއި ދިރޭތަކެތި އެތެރެކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް

27 ސެޕްޓެމްބަރު 2025

މިއީ ދިވެހިރާއްޖެއަށް ގަސްގަހާގެއްސާއި، ގަހުގެ ބައިތަކާއި ދިރޭތަކެތި އެތެރެކުރާއިރު ފުރިހަމަ ކުރަންޖެހޭ އިޖުރާތުތަކެވެ.

ދިވެހިރާއްޖެއަށް އެތެރެކުރެވޭ ގަސްގަހާގެއްސާއި، ގަހުގެބައިތަކާއި ދިރޭތަކެތި ބަލައިފާސްކުރުމުގެ ބޭނުމަކީ އެތެރެކުރެވޭ ގަސްގަހާގެއްސާއި ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓް ކުރެވޭ ތަކެއްޗާއި، ދިރޭތަކެތީގެ ޒަރީޢާއިންނާއި ދިވެހިރާއްޖެއަށް އެތެރެވެދާނެ ކަރަންޓީންކުރާ ޕެސްޓެއް ނުވަތަ ބަލި މަދުކުރުމާއި، ކަރަންޓީން ނުކުރާ ޕެސްޓް އެތެރެވާ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރުމެވެ. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މިކަމާއި ގުޅުން ހުރި ބައިނަލް އަޤްވާމީ މުވާހަދާތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ތަކެތި އެތެރެކުރާއިރު ހުރޭތޯ ބަލާ ކަށަވަރުކުރުމެވެ.

ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެއީ ދަނޑުވެރިކަމުގެ ބޭނުމަށް ނުވަތަ އަމިއްލަ ބޭނުމަކަށް އެތެރެކުރިކަމުގައިވިޔަސް، އަދި އެއީ ވިޔަފާރިކުރުމަށާއި ނުވަތަ އެހެން ބޭނުމަކަށް އެތެރެކުރެވުނު ކަމުގައިވިޔަސް އެތަކެތި ބަލާފާސްކުރެވޭނެއެވެ. "ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނޫނު"(ނަންބަރު: 2011/12)އިން އިސްތިސްނާކޮށްފައި ނުވާހާހިނދަކު ގަސްގަހާގެއްސާއި ގަހުގެ ބައިތަކުގެ ހުރިހާ އެއްޗެއް ބަލާފާސްކުރެވޭނެއެވެ.

ދިރޭޖަނަވާރުގެ ބާވަތްތައް އެއީ ޕޯލްޓްރީގެ ބޭނުމަށް، އާލާކުރުމަށް ނުވަތަ އަމިއްލަ ބޭނުމަކަށް އެތެރެކުރިކަމުގައިވިޔަސް،އަދި އެއީ ވިޔަފާރިކުރުމަށާއި ނުވަތަ އެހެން ބޭނުމަކަށް އެތެރެކުރެވުނު ކަމުގައިވިޔަސް އެތަކެތި ބަލާފާސްކުރެވޭނެއެވެ. "ދިވެހިރާއްޖެއަށް ދިރޭޖަނަވާރު އެތެރެކުރުމުގެ ޤަވާޢިދު" އަދި ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމުގެ ޤަވާޢިދު"ން އިސްތިސްނާކޮށްފައިނުވާހާ ހިނދަކު ދިރޭ ހުރިހާ ބާވަތެއްގެ ޖަނަވާރު ބަލާފާސްކުރެވޭނެއެވެ.

· 2 ގޮތަކަށް އިމްޕޯޓް ނޯޓިފިކޭޝަން ފޮނުވޭނެއެވެ.

· ފުރަތަމަ ގޮތަކީ [email protected] އަށް އީމެއިލް ކުރުމެވެ.

· ދެވަނަގޮތަކީ އެގްރިކަލްޗަރ އޮންލައިން ސިސްޓަމަށް ޝިޕްމަންޓް ނޯޓިފިކޭޝަން އެޅުމެވެ.

· "ޕްރިއަރ އިމްޕޯޓް ނޯޓިފިކޭޝަން ފޮނުވާނީ ތަކެތި ރާއްޖެ ގެނައުމުގެ މަދުވެގެން 24 ގަޑިއިރުކުރިންނެވެ.

· ތަކެތި އަންނާނެ ފްލައިޓް/ވެސްލް ނަމްބަރާއި އަންނާނެ ތާރީޚް ބަޔާންކުރަންވާނެއެވެ

· ތަކެއްޗާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކުގެ ކޮޕީ އެއްއުރަ ކުރަންވާނެއެވެ.

· ގަސްގަހާގެއްސާއި ގަހުގެ ބައިތަކާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް

1. ތަކެތި އެތެރެކުރުމުގެ ހުއްދަ

2. ޞައްޙަ ސްޓޭޓް ފައިޓޯސެނިޓަރީ ސެޓްފިކެޓް

3. ޕެކިންގ ލިސްޓް

4. އިންވޮއިސް

5. އެއަރވޭ ބިލް / ބިލް އޮފް ލޭޑިންގް

6. ބްރީޑިންގ ލެޓަރ ބޭނުންވާ ބާވަތެއް ހުރިނަމަ ބްރީޑިންގ ލެޓަރ

7. މީގެއިތުރުންވެސް ހުއްދައިގައި އިތުރު ލިއުމެއް ހުށަހަޅަން ބަޔާންކޮށްފައިވާނަމަ އެ ލިއުމެއް.

ދިރޭ ތަކެއްޗާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް

1. ތަކެތި އެތެރެކުރުމުގެ ހުއްދަ

2. ޞައްޙަ ސްޓޭޓް ވެޓެރިނަރީ ސެޓްފިކެޓް

3. ޕެކިންގ ލިސްޓް

4. އިންވޮއިސް

5. އެއަރވޭ ބިލް / ބިލް އޮފް ލޭޑިންގް

6. ބްރީޑިންގ ލެޓަރ ބޭނުންވާ ބާވަތެއް ހުރިނަމަ ބްރީޑިންގ ލެޓަރ

7. މީގެއިތުރުންވެސް ހުއްދައިގައި އިތުރު ލިއުމެއް ހުށަހަޅަން ބަޔާންކޮށްފައިވާނަމަ އެ ލިއުމެއް.

8. ޕެޓް ޕާސްޕޯޓް

9. ވެކްސިނޭޝަން (ވެކްސިނޭޝަން ކޮޕީ ހުށަހަޅަން ޖެހޭނީ ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަށާއި ޕޯލްޓްރީ ޖަނަވާރަށެވެ.)

ނޯޓް:

"ޕްރިއަރ އިމްޕޯޓް ނޯޓިފިކޭޝަން" ނުފޮނުވާ ހުންނަ ކޮންސައިންމަންޓްތައް ބަލާފާކުރުން ލަސްވެގެން ލިބޭ ގެއްލުމަށް މިވުޒާރާއިން ޒިންމާއެއް ނުވާނެއެވެ.

"ޕްރިއަރ އިމްޕޯޓް ނޯޓިފިކޭޝަން ފޮނުވުމުގައި އޮތް 2 ގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ޚިޔާރުކުރާށެވެ.

ޤަވާޢިދާއި ޚިލާފަށް އެތެރެކުރެވޭ ތަކެތި ހިފެހެއްޓުން

· ތަކެތި ހިފެހެއްޓޭނީ ތިރީގައި އެވާ ޙާލަތަކުން ކުރެ ޙާލަތެއް ނުވަތަ އެއް ޙާލަތަށްވުރެ ގިނަ ޙާލަތްތައް މެދުވެރިވުމުންނެވެ.

1. އެތެރެކުރުމުގެ ހުއްދަ ނަގާފައި ނެތުން.

2. ޞައްޙަ ވެޓެރިނަރީ/ފައިޓޯސެނިޓަރީ ސެޓްފިކެޓް ނެތުން.

3. ބްރީޑިންގ ލެޓަރ ހުށަހަޅަންޖެހޭ ތަކެއްޗާއެކު ބްރީޑިންގ ލެޓަރ ހުށަހަޅާފައިނުވުން.

4. އެތެރެކޮށްފައިވާ ގަހުގައި ވެލިހުރުން.

5. ބައްޔެއް ނުވަތަ ބަލީގެ ނިޝާނެއް ހުރުން

6. އެތެރެކުރުން މަނާ ގަސްގަހާގެއްސާއި ގަހުގެ ބައިތަކާއި ދިރޭޖަނަވާރުގެ ވައްތަރުތައް.

7. ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ތަކެތި އެތެރެކޮށްފައިވާނަމަ އެ އިތުރުވި އަދަދެއް ނުވަތަ ސެޓްފިކެޓްގައި ބަޔާންކޮށްފައި ނެތް ވައްތަރުތައް.

8. ޞައްޙަނޫން ލިޔެކިއުންތައް ހުށަހަޅާފައިވާކަމަށް ޝައްކު ކުރެވުން ނުވަތަ ޔަޤީން ކުރެވުން.

9. އައިޑެންޓިޓީ އަދި އިންޓެގްރިޓީ ކަށަވަރު ނުވާ ކޮންސައިންމަންޓްތައް.

4. ހިފެހެއްޓޭ ތަކެއްޗާއިމެދު ޢަމަލުކުރާގޮތް

1. ހިފެހެއްޓޭ ތަކެތި ބެހެއްޓިފައި ހުންނާނީ ބަންދު ދުވަސްތައް ނުހިމަނައި 3 ދުވަސް ވަންދެންނެވެ.

2. މި މުއްދަތުގެ ތެރޭގައި ގެނައި ޤައުމަށް އަނބުރާ ގެންދަން ނުވަތަ ފޮނުވަން އެދެންވާނެއެވެ.

3. ހިފެހެއްޓިފައިވާ ތަކެތި ނައްތާލެވޭނެއެވެ.

4. ހިފަހައްޓާފައި ހުންނަ ދިރޭޖަނަވާރުތަކަށް ދޭންޖެހޭ ބޯފެނާއި ކާނާ ޖަނަވާރުގެ ވެރިފަރާތުން ކަރަންޓީން ޔުނިޓާއި ހަވާލުކުރަންވާނެއެވެ.

ނޯޓް:

1. ތަކެއްޗަށް ކާންދިނުމަށް ޔުނިޓަށް ވަނުމުގެ ފުރުޞަތު ޖަނަވާރުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތުން ފޮނުވާ ފަރާތަކަށް ނުދެވޭނެއެވެ.

2. އެތެރެކުރެވޭ ތަކެތި ހިފަހައްޓާފައި ބަހައްޓާ ޙާލަތުގައި، އެތަކެތި ހިފައި ގެންގުޅުމުގައި، އޭގައިހުރި މުދަލަށް ލިބޭ ގެއްލުމަކަށް މި މިނިސްޓްރީން ޒިންމާއެއް ނުވާނެއެވެ.

3. ތަކެތި ނައްތާލަން ޖެހޭ ޙާލަތްތަކުގައި އިންސިނެރޭޓްކޮށްގެން ނައްތާނުލެވޭފަދަ ބޮޑެތި ޝިޕްމަންޓް އެހެންތަނަކަށް ގެންގޮސްގެން ނައްތާލަން ޖެހިއްޖެ ހާލަތެއްގައި،ތަކެތި ނައްތާލާ ތަނަކަށް ގެންދިއުމާއި،ހާޒިރުވާ ފަރާތްތައް އެތަނަށް ދިއުމުގެ ހުރިހާ ޚަރަދެއްގެ ޒިންމާ ނަގަންޖެހޭނީ ތަކެތީގެ ވެރިފަރާތް ނުވަތަ ތަކެތި އެތެރެކުރި ފަރާތުންނެވެ.

5. ތަކެތި ގެނެވުނު ޤައުމަށް އަނބުރާ ގެންދިއުން/ފޮނުވާލުން

1. ތަކެތި ގެނައި ޤައުމަށް އަނބުރާ ގެންދަން/ފޮނުވާލަން ބޭނުންވާނަމަ އެ ތަކެތި އަނބުރާ ގެންދިއުމަށް/ފޮނުވާލުމަށް އެދި "ކަރަންޓީން ކުރެވޭ ތަކެތި ގެނެވުނު ޤައުމަށް އަނބުރާ ގެންދިއުން/ފޮނުވާލުމުގެ ހުއްދައަށް އެދޭ ފޯރމް" ހުށަހަޅަންވާނެއެވެ.

2. ފޯރމު ލިބެން ހުންނާނީ މިނިސްޓްރީގެ ވެބްސައިޓުންނެވެ. އަދި ކަރަންޓީން ޔުނިޓުންނެވެ.

3. މި ފޯރމު ހުށަހަޅާނީ [email protected] މެއިލަށެވެ.

4. ތަކެތި ކަރަންޓީންކޮށްފައި ބަހައްޓާ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށްފައިވާ ފޯރމު އެތެރެކުރިފަރާތުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

5. ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

6. ތަކެތި އަނބުރާ ގެންދަނީ ލަގޭޖްގެ ގޮތުގައިނަމަ ގެންދާ ދުވަހަށް ކޮންފާމްކޮށްފައިވާ ޓިކެޓްގެ ކޮޕީ.

7. ތަކެތި އަނބުރާ ގެންދަނީ ކާރގޯގެ ގޮތުގައިނަމަ ކާރގޯ ފްލައިޓުން ޖާގަ ލިބިފައިވާކަމުގެ ލިއުން

8. ގެންދާ/ފޮނުވާ ފަރާތުގެ ޕާސްޕޯޓްގެ ކޮޕީ

ނޯޓް:

1. ތަކެތި ފޮނުވާލުމުގެ ހުރިހާ ޚަރަދެއް ކުރަންވާނީ އެތަކެތި ގެންދާ/ފޮނުވާ ފަރާތުންނެވެ.

2. ތަކެތި އަނބުރާ ފޮނުވާލުމަށް ބޭނުންވާ އެހެނިހެން މުވައްސަސާތަކުގެ ލިޔެކިއުންތައް ހޯދުމަކީ އެތަކެތި ގެންދާ/ފޮނުވާ ފަރާތުގެ ޒިންމާއެކެވެ.

6. ޚިދްމަތް ދެވޭ ވަގުތު

· އިދާރީ ބައި: ހެނދުނު 08:00 އިން 14:00އަށް.

· ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕެސެންޖަރ އެރައިވަލްސް: 08:00 އިން ރޭގަނޑު 23:30 އަށް.

· ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާރގޯއިން އަންނަތަކެތި: ހެނދުނު 08:00 އިން ރޭގަނޑު 23:30 އަށް.

· މާލޭ ވިޔަފާރި ބަނދަރުން އަންނަތަކެތި: ހެނދުނު 8:00 އިން ހަވީރު 16:30 އަށް

· ތަކެތި ބަލައިފާސްކުރާނީ އެތަކެތި އެތެރެކުރި ފަރާތުން، އެތަކެތި ބަލައިފާސްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްފަހު ކަރަންޓީން ޔުނިޓަށް އެންގުމުންނެވެ.

ނޯޓް:

1. ތަކެތި ބަލައިފާސްކުރާނީ އެތަކެތި އެތެރެކުރި ފަރާތުން، އެތަކެތި ބަލައިފާސްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްފަހު ކަރަންޓީން ޔުނިޓަށް އެންގުމުންނެވެ.

7. ސްޓޭޓް ފައިޓޯސެނިޓަރީ ސެޓްފިކެޓް

އެކްސްޕޯޓް ކުރެވޭ ތަކެއްޗަކީ އެއްވެސް ބައްޔެއް ނެތް ނުވަތަ އޭގައި ކުރިން ބައްޔެއް ހުރިނަމަ އެބައްޔަކަށް ފަރުވާދެވިފައިވާ ތަކެތިކަމަށް ހެކިވެދިނުމަށްޓަކައި އެކްސްޕޯޓްކުރާ ޤައުމެއްގެ ނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަން (NPPO)އިން އައިޕީޕީސީގެ ނަމޫނާ ސެޓްފިކެޓާއި އެއްގޮތްވާގޮތުގެމަތިން ދޫކުރެވޭ ސެޓްފިކެޓެވެ.

8. ސްޓޭޓް ވެޓޭރިނަރީ ސެޓްފިކެޓް

ދިރޭޖަނަވާރެއް ބޭރުކުރާ ޤައުމެއްގެ ސަރުކާރުން ހުއްދަކުރާ އިދާރާއަކުން އޯއައިއީގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންދޫކޮށްފައިވާ ބައިނަލް އަޤްވާމީ ސެޓްފިކެޓް.