ފައިދާހުރި ދިރޭ ސޫފާސޫތްޕާއި ފަނިފަކުސަ އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމު

11 މޭ 2025

ފައިދާހުރި ދިރޭ ސޫފާސޫތްޕާއި ފަނިފަކުސަ އެތެރެކުރުމުގެ ހުއްދައަށް އެދެވޭނީ އަންނަނިވި ފޯމު މެދުވެރިކޮށެވެ. ފޯމު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ މިނިސްޓްރީގެ ކައުންޓަރު ނުވަތަ މެއިލް މެދުވެރިކޮށެވެ.

އިމްޕޯޓްކުރުމުގެ ހުއްދައަށް އެދޭފައިދާހުރި ދިރޭ ސޫފާސޫތްޕާއި ފަނިފަކުސައާ ބެހޭ ޢިލްމީ ތަފްޞީލު މަޢުލޫމާތު ހިމެނޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. މިގޮތުން ފައިދާހުރި ދިރޭ ސޫފާސޫފި ނުވަތަ ފަނިފަކުސާގެ ގިންތި، ޢިލްމީ ނަމާއި ޢާއްމުނަން، އަސްލު ވަޒަން، ދުނިޔޭގައި އޭތި އުޅޭ ސަރަޙައްދުތައް، އޭގެ މުހިއްމުކަމާ ގުޅޭ ދިރާސާ، އޭގެ ޙަޔަވީ މަޢުލޫމާތު ނުވަތަ ބަޔޮލޮޖީ، ޠަބީޢީ ހަތުރުން، އޭތި އުޅޭ ސަރަޙައްދަށް އެއިންކޮށްފައިވާ އަސަރު، އޭގެ ޚާއްޞަ ހޯސްޓު ނުވަތަ މެހުމާންދާރު ލިސްޓު، އަމާޒުނުކުރެވޭ މެހުމާންދާރަށް އެއިން ލިބިދާނެ އަރައްކާ، އިމްޕޯޓުކުރުމުގެ ކުރިން ޢަމަލުކުރަންޖެހޭ ފައިޓޯސެނިޓަރީ މިންގަނޑުތަކުގެ މަޢުލޫމާތު، އެތަކެތި ހިފައިގެންގުޅެ، އާލާކޮށް، ބޭނުންކުރާ ޙާލަތްތަކުގައި އެކަންކުރާ ފަރާތްތަކަށް ލިބިދާނެ ޞިއްޙީ އަރައްކާއާބެހޭ މަޢުލޫމާތު، ޙާދިސާއެއް ދިމާވެދާނެ ޙާލަތެއްގައި ކަންކުރާނެ ގޮތުގެ ޕްލޭން ނުވަތަ އިޖުރާތު، އުފުލާ ނަޤުލުކުރުމުގައާއި، ރައްކާކުރުމުގައި ޢަމަލުކުރަންވީ ގޮތް، ބަންދުކޮށްފައިވާ ކަންވާރުތައް ނައްތާލާނެ ގޮތުގެ އިޖުރާތު، އެތަކެތި ގެންގުޅޭ ތަނުގައި ހުންނަންވާ މިންގަނޑުތައް، އެތަކެތި ބޭނުންކުރާގޮތް، ކޮންޓްރޯލުކުރަން ބޭނުންވާ ޕެސްޓު ލިސްޓުގެ ޢިލްމީ ނަމާއި ޢާއްމުނަން ހިމެނޭ ލިޔެކިޔުންތައް ފޯމާއެކު ހުށަހަޅަންވާނެއެވެ.

ފައިދާހުރި ދިރޭ ސޫފާސޫތްޕާއި ފަނިފަކުސަ އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމް
Download (442.65 KB)

އިއުލާން ނަންބަރު:

NPHS-PP3