13 މޭ 2025
ޕެސްޓް ނައްތާލުމަށް އެހީއަށް އެދި ހުށައަޅާފައިވާރަށްތަކުގެ ތެރެއިން ، ހުދު ކޫޑި އަދި ހުވަނި ނައްތާލުމަށް މި އަހަރުގެ މިހާތަނަށް 14 ރަށަކުން މި ވުޒާރާގެ އެއހީއަށް އެދި ސިޓީ ފޮނުވާފައިވާއިރު، މިހާތަނަށް އެހީ ގެންދަވާފައިވަނީ އެންމެ ރަށަކުންނެވެ.
މި ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، މި ވުޒާރާއަށް އެހީ އަށް އެދި ހުށައަޅާފައިވާ 14 ރަށުގެތެރެއިން ބައެއް ރަށްތަކުން އެދިފައިވަނީ ހުދު ކޫޑި އަދި ހުވަނި ނައްތާލުމުގެ ޓެކްނިކަލް އެހީއަށެވެ. އަދި އަނެއްބައި ރަށްތަކުން އެދިފައިވަނީ ބަޔޯ ޕެސްޓިސައީޑް އަށެވެ. މީގެތެރެއިން ބަޔޯ ޕެސްޓިސައިޑްއަށް އެދިފައިވާ ރަށްތަކުގެތެރެއޮން އެހީ ބަލައިގެންފައިވަނީ 1 ރަށުންނެވެ.
ހުދު ކޫޑިއަކީ ރާއްޖޭގެ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. އެކަންމަށް ދާއިމީ ހައްލެއް ހޯދުމަށް ދިރާސާތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ހުވަނީގެ މައްސަލައަކީ ރާއްޖޭއަށް ކޮންމެ އަހަރެއްގެ ވަކި މޫސުމެއްގައި ވަރަށްބޮޑަށް ގިނަވާ އެއްޗެކެވެ. މިހާރު ލޯކަލްކައުންސިލްގެ ޤާނޫނުގައިވާގޮތުން، ހުވަނީގެ އުނދަގުލުން ސަލާމަތްވުމަށް ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެނދިއުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އެހެންނަމަވެސް ޓެކްނިކަލް އެހީތެރިކަން މިވުޒާރާއިން ފޯރުކޮށްދެމުން ގެންދާނެއެވެ.