ރާއްޖެއަށް، ޖަނަވާރު އެތެރެކުރުމާއި، ބޭރު ކުރުމުގައި އަމަލު ކުރާނެ ގޮތް

25 ޖެނުއަރީ 2026

ރާއްޖޭގައި ޕެޓް ގެ ގޮތުގައި އަދި، ވިއްކާ ވިޔަފާރި ކުރުމަށް ވެސް ޖަނަވާރު އެރެ ކުރެއެވެ. ނަމަވެސް ބައެއް ފަހަރު އެތަކެތި އެރެކުރާއި އިރު އަމަލު ކުރަން ޖެހޭ އުސޫލާއި ހިލާފުވުމުން، ގިނަ މައްސަލަތަކެއް ފެންމަތިވެއެވެ. އެހެންކަމުން މި ތަކެތި އެތެރެކުރުމުގައި އާއި ބޭރު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް އެގުން ވަރަށް މުހިންމެވެ.

ދިރޭ ޖަނަވާރު އެތެރެކުރާނެ ގޮތް.

ދިރޭ ޖަނަވާރު އެތެރެކުރެވޭނީ ޖަނަވާރު ގެންގުޅުމަށްޓަކައި ހަދާފައިވާ ފާމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާނަމައެވެ. ނަމަވެސް ދިރޭ މަސް އަދި ބުޅާ އެތެރެ ކުރުމަށް ފާމް ރަޖިސްޓްރޭޝަން އެއް ބޭނުމެއް ނުވާނެއެވެ.

ފާމެއް ރަޖިސްޓަރ ކުރާނީ ކިހިނެއް؟

މި ވުޒާރާގެ އޮންލައިން ޕޯޓަލް، އެގްރިކަލްޗަރ އޮންލައިން ސިސްޓަމް (AOS) މެދުވެރިކޮށް ފާމް ރަޖިސްޓަރ ކުރުމަށް ހުށައެޅޭނެއެވެ.

ރަޖިސްޓްރީ ކުރަންޖެހޭ ފާމުތަކަކީ ކޮބާ؟

ދޫނި ފާމު، ބަކަރި ފާމު، ކޯލި ފާމު އަދި އަސްތަބީލާ

ފާމެއް ރަޖިސްޓަރީ ކުރުމަށް ބޭނުންވަނީ ކޮން ކަހަލަ ލިޔެކިޔުމެއް؟

ރަޖިސްޓްރީ ކުރުމަށް ހުށައަޅާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ބިޒްނަސް ރަޖިސްޓްރޭޝަން، އަމިއްލަ ގޯތި ނަމަ ގޯތި އަދި އިމާރާތުގެ ރަޖިސްޓްރީ، ފާމު ހަދައިފައިވާ ނުވަތަ ހެދުމަށް ލިބިފައިވާ ބިމަކީ ކުއްޔަށް ނަގައިފައިވާ ބިމެއްނަމަ އެ ގޯތީގެ ވެރިފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، ފާމުގެ ފްލޯ ޕްލޭން( ކޮށީގެ ސައިޒްތަކާއި ކޮށިތައް ވަކިވާގޮތަށް ލޭބަލްކޮށްފައި) ، ފާމު ރަޖިސްޓްރީ ކުރުމަށް ހުށައަޅާއިރު އެ ފާމުގައި ދިރޭޖަނަވާރު ގެންގުޅޭނަމަ އެ ޖަނަވާރުގެ ލިސްޓެއް.

ދިރޭ ޖަނަވާރެއް އެތެރެކުރުމަށް ޕާމިޓަށް އެދޭނީ ކިހިނެއް؟

މި ވުޒާރާގެ އޮންލައިން ޕޯޓަލް،https://aos.egov.mv/Identity/Account/Login?ReturnUrl=%2Fއެގްރިކަލްޗަރ އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.

ދިރޭ ޖަނަވާރަށް ފަރުވާދޭ ކްލިނިކްތައް ރަޖިސްޓަރީ ކުރާނީ ކިހިނެއް؟

ރަޖިސްޓްރީ ކުރުމަށް ހުއްދައަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް (https://agriculture.gov.mv/dv) ލިބޭނެއެވެ. އަދި ފޯމުގައިވާ މަޢުލޫމާތުތަކުގެ އިތުރުން ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގެ ތަފްސީލް ވެސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

ވެޓެރިނޭރިއަނުން ރަޖިސްޓްރީ ކުރަން ޖެހޭތަ؟

ކުރަން ޖެހޭނެއެވެ. ހުއްދައަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ފޯމުގައިވާ މަޢުލޫމާތުތަކުގެ އިތުރުން ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގެ ތަފްސީލް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

ދިރޭ ޖަނަވާރު ބޭރުކުރުމުގެ ހުއްދަ ހޯދާނީ ކިހިނެއް؟

ވުޒާރާގެ އޮންލައިންޕޯޓަލްމެދުވެރިކޮށް ޕާމިޓަށް ހުށައެޅޭނެއެވެ.

ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ބޭނުންކުރެވޭނީ ކިހާދުވަހެއްގެ މުއަދަތަކަށް؟

90 ދުވަހުގެ މުއްދަތަށް.

ދިރޭ ޖަނަވާރު ބޭރުކުރުމުގެ ހުއްދަ ބޭނުންކުރެވޭނީ ކިހާދުވަހެއްގެ މުއްދަތަކަށް؟

03 މަސްދުވަހުގެ މުއްދަތަށް.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު