29 ޖެނުއަރީ 2026
بسم الله الرحمن الرحيم
ހަމްދާއި ޝުކުރު ކުރަނީ އަޅަމެންނަށް ހިދާޔާތާއި ތެދުމަގު ދެއްވި ކީރިތިވަންތަ މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ ޢިލްމާއި ޙިލްމުން މި ދުނިޔެ އަލިކޮށްދެއްވި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ދުޢާގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަ އެކްސަލެންސީ އިޝިގާމީ ރުމިކޯ، ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް، މިސްޓަރ އަދްނާން ޗީމާ، ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މުވައްޒަފުން އަދި އަޅުގަނޑުމެންގެ ހީވާގި ދަނޑުވެރިން.
އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ
މިއަދަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭނެ ތާރީޚީ ދުވަހެއް. ފުވައްމުލަކު ސިޓީގައި މިއަދު މި އިފުތިތާޙު ކުރެވޭ "ނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީ" އާއެކު، ދަނޑުވެރިކަމުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށާއި، ޤައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް މިއަދު މިވަނީ އާރޯކަމެއް ލިބި، މުހިންމު ފިޔަވަޅެއް ކުރިއަށް އެޅިފަ.
ޕީ.ޑީ.އެސް.އޭ.އީ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވުނު މި ލެބޯޓްރީއަކީ، ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މޫސުމީ ބަދަލުތަކަށް ދަނޑުވެރިން އަހުލުވެރިކުރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އެކުލަވައިލެވިފައިވާ މަރުކަޒެއް. މި މަރުކަޒުގެ ޚިދުމަތްތަކުގެ ތެރޭގައި ފަސްގަނޑު ތަޙުލީލުކުރުމާއި، ގަސްގަހާގެހީގެ ބަލިތައް ދެނެގަތުމާއި، ސޫފާސޫފި ދިރާސާކުރުމުގެ އިތުރުން "ޕްލާންޓް ޓިޝޫ ކަލްޗަރ" ފަދަ ޒަމާނީ ފަންނީ ވަސީލަތްތައް ހިމެނޭ.
ފުވައްމުލަށް ސިޓީގައި މި ބިނާކުރެވުނު މަރުކަޒަކީ މުޅި ރާއްޖޭގައި އެމްގެޕް ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މި މަރުކަޒު މެދުވެރިކޮށް، ސަރަހައްދީ ފެންވަރުގައި ދަނޑުވެރިންނަށް ބޭނުންވާ ސައްޙަ މަޢުލޫމާތާއި ފަންނީ އިރުޝާދު ފޯރުކޮށްދެވޭނެ.
މޫސުމީ ބަދަލުތަކާ ގުޅޭނޭފަދަ ބާވަތްތައް އިޚްތިޔާރުކުރުމަށް މަގުފަހިވުމުގެ އިތުރުން، ބަލިތައް ހަރުދަނާކަމާއެކު ކޮންޓްރޯލްކުރުމަށާއި ފަސްގަނޑުގެ ފެންވަރު ރަނގަޅުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ.
މީގެއިތުރުން، ރަށްރަށުގެ ފެންވަރުގައި ދަނޑުވެރިކަމުގެ އިރުޝާދާއި ލަފާދޭ ނިޒާމު ހަރުދަނާކޮށް، މި މަރުކަޒު މެދުވެރިކޮށް ދަނޑުވެރިންނަށް ބޭނުންވާ ޢަމަލީ ތަމްރީނުތައް ހޯދުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ. މިގޮތުން 'ސީޑްސް' މަޝްރޫޢުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ 250 ދަނޑުވެރިންވެސް މި މަސައްކަތުގައި ޝާމިލުވޭ.
To the Government of Japan and Her Excellency Ambassador Ishigami Rumiko, your steadfast support through the PDSAE project has been a cornerstone of our agricultural resilience. Japan’s financial and technical generosity has paved the way for a modern, science-driven future in the Maldives, and we remain deeply committed to this trusted partnership. This progress has been equally championed by UNDP Maldives. Your leadership and technical guidance were indispensable in bringing this facility to operational readiness.
We thank you for being a vital ally in our pursuit of institutional excellence and for walking alongside us every step of the way. Finally, my deepest gratitude goes to the staff of the Ministry of Agriculture and Animal Welfare. From intricate planning to field operations, your dedication is the heartbeat of this project. This laboratory stands as a testament to your professionalism and your unwavering commitment to our farmers and our nation.
މި ފުރުޞަތުގައި، އަޅުގަނޑުމެންގެ ހުރިހާ ބައިވެރިންނަށާއި، މުވައްޒަފުންގެ އިތުރުން، މި ޙަފުލާގައި ބައިވެރިވެވަޑައިގެންނެވި ފުވައްމުލަކު ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ އިޚްލާޞްތެރި އުންމީދަކީ، މި ލެބޯޓްރީއަކީ އަންނަން އޮތް ޖީލުތަކަށް އައު އީޖާދުތަކާއި، ކުރިއެރުމާއި، އަދި އުޖާލާ މުސްތަޤުބަލެއް ބިނާކޮށްދޭނެ ޢިލްމީ ދަންމަރަކަށް ވެގެންދިއުން.
ޝުކުރިއްޔާ!
ވަޢަލައިކުމުއްސަލާމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.