އާބަން ފާމިންގެ ދެވަނަ މަޝްރޫއު ވަޒީރު ޑރ. މަރްޔަމް މާރިޔާ އިފްތިތާހުކޮށްދެއްވައިފި

04 ޖޫން 2025

އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ، ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި އެޗްޑީސީ ގުޅިގެން "ކޮމިއުނިޓީއަރބަން ފާމިންގ" ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައިކުރިއަށް ގެންދާ މަޝްރޫއުކެވެ.

މި ޕްރޮގްރާމްގެ އެއްމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިންގް ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުމެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު