ބަޔޯޕެސްޓިސައިޑް

13 އޯގަސްޓު 2025

ދިވެހި ދަނޑުވެރިންނަށާއި ގޯތިތެރޭގައި ގަސް ހައްދާ ފަރާތްތަކަށް ދިމާވެފައި އޮންނަ އެންމެ ބޮޑު މައްސަލައަކީ ގަސްގަހަށް ޖެހޭ ގޮތްނޭނގޭ ބަލިތަކާއ،ި ތަފާތު ފަނިފަކުސާގެ ސަބަބުން ގަސްތައް މަރުވެ ދަނޑުތައް ހަލާކުވަމުން ދިއުމެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ކެމިކަލް ޕެސްޓިސައިޑް( ގަހަށް ޖަހާ ބޭސް) ތަޢާރަފުވުމާއިއެކު ތަފާތު ބާވަތްތަކުގެ ޕެސްޓިސައިޑްސް ވަނީ ދަނޑުވެރިންގެ މެދުގައި މަޤުބޫލު އެއްޗަކަށް ވެފައެވެ. މިގޮތުން ދަނޑުވެރި ރަށްރަށުގައި ގިނަ ޢަދަދަކަށް ކެމިކަލް ބޭސް ބޭނުންކުރެވެމުންދެއެވެ.

ގިނަ މިންވަރަކަށް ޕެސްޓިސައިޑް ބޭނުންކުރުމުން އޭގައި ހިމެނޭ ވިހަ ކެމިކަލްގެ މާއްދާތަކުގެ ނޭދެވޭ އަސަރު ތިމާވެއްޓަށާއި އިންސާނުންނަށް ކުރެއެވެ. ބައެއްފަހަރަށް ކެމިކަލް ޖަހާ ގަސްގަހުން އޭގެ އަސަރު ނުކެނޑެނީސް ތަރުކާރީއާއި މޭވާ ބޭނުންކުރެވޭތަން އާދެއެވެ.މިއީ ވަރަށް ނުރައްކާތެރި ކަމެކެވ.ެ އަދި ދިގު މުއްދަތަކަށް ދަނޑުތަކަށް ކެމިކަލް ޖަހަމުން ދިއުމުގެ ސަބަބުން ބިންގަނޑުގައި އޭގެ މާއްދާތައް ގިނަ މިންވަރަކަށް އެކުލެވިފައި ހުރެއެވެ. އަދި އެ ބިމުގައި ހައްދާ ގަސްގަހުން ލިބޭ މޭވާ ނުވަތަ ތަރުކާރީގައި މީގެ އަސަރު (ކެމިކަލް

ރެސިޑިޔު) ހުރެއެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. މީގެ އިތުރުން ބިންގަނޑުގައި ހަރުލާފައި ހުންނަ ކެމިކަލް މާއްދާތައް ބިމަށް ހިނދި ބައެއް ރަށްރަށުގެ ފެން ފަށަލަ ވަނީ ތަޣައްޔަރުވެފައެވ.ެ މި ގޮތުން ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރާ ފަރާތްތަކަށް ހަމުގެ ބަލިތަކާއ،ި ލޮލުގެ ބަލިތަކާއި އަދިވެސް މިނޫން ތަފާތު ބަލިތައް ޖެހޭ ގޮތް ދިމާވެއެވެ.

ގަސްގަހަށް ޖެހޭ ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލު ކުރުމަށްޓަކައި ބޭނުންކުރެވިދާނެ ތިމާވެއްޓާއި ރައްޓެހ،ި ގެއްލުން ކުޑަ ބޭސްތަކާއ،ި ގޮތްތައް އެކި ފަރާތްތަކުން ދަނީ ހޯދަމުންނެވެ. މިގޮތުން ނެޗުރަލް އެނިމީސްއާއި ބަޔޯޕެސްޓިސައިޑް ބޭނުންކުރަމުންދެއެވެ. އަދި މިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އާއްމުކޮށް ދިވެހިރާއްޖޭން ލިބެން ހުންނަ ތަކެތި ބޭނުން

ކޮށްގެން ވަރަށް ފަސޭހައިން ތައްޔާރު ކުރެވިދާނޭ ބައެއް ބަޔޯޕެސްޓިސައިޑްސްހުރެއެވެ. މިފަދަ ބޭސްތައް އަމިއްލައަށް ތައްޔާރު ކޮށްގެން

ބޭނުންކުރުމުން ގަސް ހެއްދުމަށް ހިނގާ ޚަރަދު ކުޑަވެ ޞިއްޙަތަށް ގެއްލުންނުދޭ ކާބޯތަކެއްޗާއި ބަގީޗާ ގެންގުޅެވިދާނެއެވެ.

އާއްމު ގޮތެއްގައި ބަޔޯޕެސްޓިސައިޑް ހެދުމަށް ހިތިރަހަ ހުންނ،ަ ނުބައި ވަސްދުވ،ާ ކިރު ހުންނަ ގަހުގެ ބާވަތްތައް ބޭނުންކުރެވިދާނެއެވ.ެ މި ބާވަތްތަކުގައި އެކުލެވޭ އެކިއެކި އޯގަނިކް ކޮމްޕައުންޑްސ/ްއެންޒައިމްސްގެ ސަބަބުން ފަނިފަކުސަ އާއި ޖަރާސީމު ނައްތާލައެވ.ެ އޯރގަނިކް ކޮމްޕައުންޑްސްގައި ގިނަފަހަރަށް އެއްވެސް ވިހައެއް އެކުނުލެވެއެވ.ެ ނުވަތަ ވިހައިގެ މިންވަރު ވަރަށް ކުޑަވުމުނ،ް އިންސާނުންނަށް ގެއްލުން ލިބުމަކީ ނާދިރުކަމެކެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު