ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ޖަމިއްޔާތަކާއި އެކު މަޝްވަރާކޮށްފި

11 މޭ 2025

މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކުގެ މައްސަލައިގައި އެކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި އެކު މި ވުޒާރާއިން މަޝްވަރާކޮށްފި

މި ވުޒާރާގައި ބޭއްވި މި މަޝްވަރާގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދާ ބުޅާތަކުގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ބުޅަލުގެ ނަޖިސް ގިނަވެ އާންމު އުނދަގުލަކަށް ވެފައިވުމުން އެކަން ހައްލުކރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި "އޮޅުހިޔާ" އިތުރަށް ތަރައްޤިކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ޖަމިއްޔާތަކާއި ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި މި ވުޒާރާގެ ކަމާއި ގުޅުހުންހުރި ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުން ބައިވެރިއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު