'ދަނޑުން ދުޅަހެޔޮކަން' ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް

25 ސެޕްޓެމްބަރު 2025

ޞިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ މުޙިއްމުކަމާއި ގުޅޭ ގޮތުން 'ދަނޑުން ދުޅަހެޔޮކަން' މި ނަމުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އުތުރުގެ 3 އަތޮޅުގައި ހިންގައިފިއެވެ.-

މިއީ މި މަހުގެ 19 އިން 24 އަށް މޯލްޑްވިސް އެގްރިބިޒިނަސް ޕްރޮގްރާމްގެ ފަރާތުން ޞިއްޙަތަށް ފައިދާ ހުރި ކާނާގެ މުޙިއްމުކަމާއި ގުޅޭ ގޮތުން ހއ، ހދ، އަދި ށ ގެ ރަށްތަކުގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ރަށްރަށުގެ ރައްޔިތުން، ޙާއްސަކޮށް ދަނޑުވެރިންނަށް ފައިދާ ހުރި ކާނާ ބޭނުންކުރުމުގެ މުޙިއްމުކަމާއި، ރަށުން ލިބެން ހުރި ނުވަތަ ގޭގައި ހައްދާ ތަކެތި ދުވަހުގެ ކެއުމުގައި ހިމެނުމުގެ މުޙިއްމުކަން މުބެނެދިނުމެވެ. އެގޮތުން 19 ސެޕްޓެމްބަރު ގައެވެ. މި ޕްރޮގްރާމް ހއ. މޮޅަދޫގައި ބޭއްވިފައިވެއެވެ. މި ސެޝަންގައި 9 ބޭފުޅަކު ބައިވެރިވެފައިވެއެވެ. އަދި 20 ސެޕްޓެމްބަރު ގައި ހއ. އިހަވަނދޫގައި މިސެޝަން 31 ބޭފުޅުންނާއި އެކު ބޭއްވިފައިވެއެވެ.

21 ސެޕްޓެމްބަރު ގައި ހދ. ނޮޅިވަރަންފަރުގައި 31 ފަރާތަކާއި އެކު މި ސެޝަން ކުރިއަށް ގެންދެވިފައިވެއެވެ. ހދ. ކުމުންދޫގައި މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ 22 ސެޕްޓެމްބަރުގައެވެ. މި ސެޝަންގައި 31 ފަރާތެއް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން 23 އަދި 24 ސެޕްޓެމްބަރު 2025ގައި ށ. ކަނޑިތީމު އަދި ށ. ގޮއިދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ސެޝަންތައް ކުރިއަށްދަނީ ބައިވެރިން، އަމަލީ ގޮތުން ކެއްކުމުގެ ބައެއްވެސް ހިމަނައިގެންނެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންގޮސްދެއްވަނީ ޕްރޮޖެކްޓްގެ ކޮންޓްރެކްޓެއްގެ ދަށުން، ރާއްޖޭގެ ތަޖްރިބާކާރު ޑައިޓީޝަނުންނެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު