06 މޭ 2025
ފާޓިގޭޝަންއަކީ ފެންދޭ ދިނުމުގައި ނުވަތަ ފެނާއެކު ގަހަށް ގަސްކާނާ (ފާޓިލައިޒަރ) ފޯރުކޮށްދިނުމެވެވެ. ބިމަށް ކާނަ އަޅައިގެން ގަސް އިންދުމުގެ މަސައްކަތް ކުރާއިރު، ގަސްކާނާ ގަހަށް ލިބުމުގައި އެކިގަހަށް ލިބޭވަރު އެކިވަރުވެފައި އޭގެން ލިބޭ ފައިދާ ކުޑަވުމާއެކު ބޭކާރުވެގެންދާ ބައި ވަރަށް ބޮޑެވެ. ނަމަވެސް ރަގަޅަށް ޑިޒައިން ކުރެވިފައިވާ ފާޓިގޭޝަން ސިސްޓަމެއް ބޭނުންކުރާ ކަމިގައިވާނަމަ، އެންމެ އެކަށީގެންވާ ގޮތަށް ދޭން ބޭނުންވާ ކާނާ ގަހަށް ދެވި، ވަގުތު، މަސައްކަތު މީހުން އަދި ޙާއްޞަކޮށް މިހުރިހާކަމަކާ ގުޅިގެން ކުރަންޖެހޭ ހޭދައިގެ ބޮޑުތަނެއް ކުޑަކުރެވެއެވެ.
ފާރޓިގޭޝަނުގައި ބޭނުންކުރާނެ ގަސްކާނާ ދަނެގަތުން ވަރަށް މުހިއްމެވެ. ކުރިން ބުނެވިދިޔަ ފަދައިން ފާރޓިގޭޝަނުގައި ބޭނުންކުރާ ގަސްކާނާއަކީ ފެނަށްގިރޭ އަދި ގަނޑުވުން ކުޑަ، އަޑިއަށް ފޭދިފައި ހުންނަ ކާނާއަށް ހެދުން މުހިއްމެވެ. މިފަދަ ބާވަތްތަތަކުގެ ތެރޭގައި އެމޯނިއަމް ނައިޓްރޭޓް، ޕޮޓޭޝިއަމް ކްލޮރައިޑް، ޕޮޓޭޝިއަމް ނައިޓްރޭޓް، ޔޫރިއާ، އެމޮނިއަމް މޮނޮފޮސްފޭޓް އަދި ޕޮޓޭޝިއަމް މޮނޮފޮސްފޭޓް ހިމެނެއެވެ. ޖައްވުގެ ފިނި ހޫނުމިނަށް އަންނަ ބަދަލާއި ގުޅިގެން ކާނާގެ ސޮލިއުބިލިޓީއަށް (ފެނަށް ގިރޭ ގިރުމަށް) ބަދަލު އާދެެއެވެ.
1. ފަރޯ އިރިގޭޝަން: އެންމެ ފުރަތަމަ ފާޓިގޭޝަންގެ ގޮތުގައި ބޭނުން ކުރެވެން ފެށީ ފަރޯ އިރިގޭޝަންގެ ގޮތުގައި ފެންދެމުންދާއިރު އޭގެ ތެރެއަށް ގަސްކާނާ އެއްކޮށްގެންނެވެ.
2. ސްޕްރިންކްލާރ އިރިގޭޝަން ސިސްޓަމް ބޭނުންކޮށްގެން ކާނާ ދިނުން
3. ޑްރިޕް އިރިގޭޝަން މެދުވެރިކޮށް ކާނާ ދޭނިޒާމް