ގުލްކަނދު ހަދާނެ ގޮތް

12 އޯގަސްޓު 2025

ގުލްކަނދަކީ ފިނިފެންމަލުން އުފައްދާ އެއްޗެކެވެ. އަހެރެމެންގެ ތެރޭގައި މަދުންނަމަވެސް ބޭނުން ކުރާ ބާވަތެކެވެ. ނަމަވެސް މި ބާވަތް ގިނައިން ރާއްޖެއިން ބެރުން އެތެރެކުރާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ރާއްޖޭގައިވެސް ފިނިފެންމާ ހެއްދެއެވެ. އެހެންކަމުން އަހަރެމެންނަށް ވެސް ގުލްކަނދު ތައްޔާރުކޮށްލެވިދާނެއެވެ.

ގުލްކަނދު ތައްޔާރު ކުރާނެގޮތް

އެންމެ ފުރަތަމަ ފިނިފެންމަލުގެ ފިޔަތައް ހަކުރުކޮޅެއްގެ ތެރެއަށް އަޅާފައި، އަވީގައި ބަހައްޓާށެވެ. މި ގޮތަށް ކޮންމެ ދުވަހަކުވެސް ފިނިފެންމަލުގެ ފިޔަތަކުގެ މައްޗަށް ހަކުރުކޮޅެއް އަޅާފައި އަތްވައްލާށެވެ.

ގިނަގިނައިން އަވީލުމުން ހަލާކުނުވެ ގިނަ ދުވަހު ހުންނާނެއެވެ. ފިޔަތައް މިލާގޮތްވާއިރު ހުންނާނީ ހަކުރުގައިވެސް ރަހަ ހިފާފައެވެ.

އޭރުން ފޮނިކާތަކެތި ތައްޔާރުކުރާއިރު އެތިކޮޅެއް އެޅުމުން އޭގެ ރަހަ އިތުރަށް މީރުކޮށްދެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު