ކަނޑޫދުގެ ދަނޑުވެރިންނާއި ވަޒީރު ބައްދަލު ކުރެއްވުން

12 އޮކްޓޯބަރު 2025

ވަޒީރު ޑރ. މަރްޔަމް މާރިޔާ، ތ. ކަނޑޫދޫއަށް ޒިޔާރަތް ކުރައްވާ، އެރަށުގެ ދަނޑުވެރިންނާއި، ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އެރަށުގެ ދަނޑުވެރިންގެ ކަންބޮޑުވުންތައް ވަޒީރު ވަނީ އަޑުއައްސަވާފައެވެ.

ކަނޑޫދޫ އަކީ މިރުހުގެ ވިޔަފާރީގައި ޚާއްސަރަށަކަށް ވާއިރު މިރުސް ހެއްދުމުގައި ރަނގަޅު ގޮތްތައް ދަސްކުރުމަށް ބޭނުންވާތަމްރީންތައް، އެރަށުގެ ދަނޑުވެރިންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ. އަދި އެރަށުގެ ދަނޑުވެރިންނަށް އެކަށީގެންވާ ހެޔޮ އަގު ލިބޭނެ ރަނގަޅު މާކެޓެއް ހޯދުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު