06 މޭ 2025
މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، 2 ހާހަށްވުރެ ގިނަ ދޫނި ރާއްޖެއަށް އެތެރެކޮށްފިއެވެ.
މި ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ދޫނީގެ 13 ޝިޕްމެންޓް ވަނީ އެތެރެކޮށްފައެވެ. އެއީ 2105 ދޫންޏެވެ.
މިތަކެތީގެ ތެރެއިން ޤަވައިދާއި އުސޫލުތަކާއި ޚިލާފަށް 1 ޝިޕްމެންޓް ވަނީ އެތެރެކޮށްފައެވެ. އެއީ 5 ދޫންޏެވެ.
މިހާރަކަށް އައިސް ރާއްޖޭގައި ތަފާތު ބާވަތްތަކުގެ ދޫނީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދެއެވެ. އޭގެ އިތުރުން ގިނަ ބަޔަކު ޕެޓްގެ ގޮތުގައިވެސް ތަފާތު ބާވަތްތަކުގެ ދޫނި ގެންގުޅެއެވެ. އެހެންނަމަވެސް އެ ހުރިހާ ދޫންޏަކީވެސް ރާއްޖެއިން ބޭރުން އެތެރެކުރާ ބާވަަތްތަކެވެ.
މިގޮތަށް ދޫނި އެތެރެކުރާއިރު އަމަލުކުރަންޖެހޭ ވަކި ޤަވައިދާއި އުސޫލުތަކެއްވެއެވެ. އެެހެންނަމަވެސް ބައެއްފަރާތްތަކުން ޤަވައިދާއި އުސޫލުތަކާއި ޚިލާފަށް ދޫނި އެތެރެކުރާކަން ފާހަގަކުރެވެއެވެ.