މިހާތަނަށް އެންމެ ގިނަމީހުން ލޯނު ނަގައިފައިވަނީ ޒަމާނީ ދަނޑުވެރިކަމަށް

07 މޭ 2025

މި ވުޒާރާ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރިނަފާ ލޯނުގެތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެސްޑީއެފްސީގެ ޕީޕީއަރު ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރ އައިމިނަތު މުހާ ވިދާޅުވީ ދަނޑުވެރިނަފާ ލޯނަށް 2019 އިން ފެށިގެން ހުޅުވާލާފައިވާއިރު މިހާތަނަށް ލޯނު ނަގާފައިވާ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށެވެ.

މިހާތަނަށް އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނު ޖުމްލަ 18 ފާރާތަކުން ވަނީ ނަގާފަ. އެގޮތުން 1.4 މިލިއަން ވަނީ ދޫކޮށްފަ. އަދި 2 މިލިޔަނާއި ހަމައަށް 23 ފަރާތަކުން ނަގާފައިވާއިރު އެފަރާތަކަށް 14.5 މިލިއަން ވަނީ ދޫކޮށްފަ.

އެންމެ ގިނަ މީހުން 2 މިލިއަނާއި ހަމައަށް ލޯނުނަގާފައިވާއިރު ފާހަގަކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯނު ނަގާފައިވާކަމެވެ. އެގޮތުން ވާރޓިކަލް ފާރމިންގ، އަދި ގުރީން ހައުސް ފާރމިން. އަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާކަން ފާހަގަވެއެވެ.

އެސްޑިއެފްސީ އިން ބުނީ ޒަމާނީ ދަނދުވެރިކަމަށް ދަނޑުވެރިންގެ ފޯކަސް ހުރިނަމަވެސް ޕޮއެލްޓްރީ ފަރމިންގ ނުވަތަ ކުކުޅު ފާމިންގ ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަކަމަށެވެ.

ދަނޑުވެރިނަފާ ލޯނުގައި 2ކެޓެގްރީއެއް ވަނީ ހިމަނާފައެވެ. އެއީ އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނަކާއި އެއްލައްކައިން ފެށިގެން 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގާނީ 6 އިންސައްތައިގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު