17 ނޮވެމްބަރު 2025
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް 2 އަހަރު
ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު އެއް ސިނާއަތަކަށް ހައްދަވައި، ކާނާގެ ޔަޤީންކަން ޤާއިމްކޮށް ދިރޭތަކެތީގެ ސިއްހަތާއި ވެލްފެއަރ ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު އިސްކަމެއް ދެއްވަވާ ކަމެއްކަމުން 2023 ނޮވެންބަރު 17 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައި ދަނޑުވެރިކަމަށް ޚާއްސަ މިނިސްޓްރީ އެއް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނަމުގައި އުފައްދެވިއެވެ. މިވުޒާގެ ވިޝަން އަކީ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމާއި ގައުމުގައި ކާބޯތަކެތީގެ ޔަޤީންކަން ޤާއިމުކުރުމާއެކު، ދިރޭތަކެތީގެ ސިއްހަތާއި ވެލްފެއަރ ރައްކާތެރިކުރުމެވެ އަދި މި ވުޒާރާގެ މިޝަން އަކީ ދަނދުވެރި މުޖުތަމަޢުތަކުގެ ޤާބިލްކަން އިތުރުކޮށްގެން ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އަދި ދަނދުވެރިންނާއި މާކެޓްތައް ގުޅުވައިދީގެން ދަނޑުވެރި އުފެއްދުންތަކުގެ ކާނާގެ ޔަޤީކަން އިތުރުކޮށް މުޖުތަމަޢުތަކުގެ އިޖްތިމާއީ އިޤްތިސާދީ ކުރިއެރުން ދެމެހެއްޓުމެވެ. މި ސިނާއަތުގައި ސަރުކާރުގެ އަމާޒަށް ވާސިލްވުމަށްޓަކައި މި ވުޒާރާގެ މަސައްކަތްތައް ބަހާލާފައިވާ ދާއިރާތަކަކީ
ރާއްޖޭގެ 85 ރަށުގައި 7627 ދަނޑުވެރިން ހަރަކާތްތެރިވެއެވެ. މީގެ ތެރެއިން 4021 ދަނޑުވެރިން އަކީ އަންހެނުންނަށް ވާއިރު ދަނޑުވެރިކަމުގައި ހަރަކާތްތެރިވަނީ 3606 ފިރިހެނުންނެވެ.
ދަނޑުވެރިކަމުގެ ދާއިރާއަށްމިދާއިރާތަކުގެތެރެއިން ވޭތުވެދިޔަ 2 އަހަރުތެރޭގައި ވަނީ ގިނަ ކުރިއެރުންތަކެއް ހޯދިފައެވެ. މިގޮތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބަލައިލާ އިރު، ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދުފުޅުތެރޭގައި ހިމެނޭ، ވާރޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓެއް 2024 ފެބްރުއަރީ 14 ގައި ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި،ފެށައި، އެ ވައުދުފުޅު ވަނީ ސައްތައިން ސައްތަ ފުރިހަމަ ކޮށްފައެވެ. މި ޕްރޮޖެކްޓުގައި ހިމެނިގެން، އަޖުމަބެލުމުގެ ގޮތުން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 3 ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ޤާއިމްކުރެވުނެވެ. މީގެ އިތުރު 3 ރަށެއްގައި މި ނޮވެންބަރު މަސްތެރޭގައި ވަރޓިކަލް ފާމިންގ ސިސްޓަމްތައް ޤާއިމްކުރެވޭނެއެވެ.
މި 104 ހަފްތާގެ ތެރޭގައި، ބ.ތުޅާދޫ، ފ.ދަރަނބޫދޫ، އަދި އދ.އޮމަދޫ، މިއިން ކޮންމެ ރަށެއްގެ 10 ދަނޑުވެރިންނަށް ހައިޑްރޮޕޯނިކްސް ސިސްޓަމެއް ޤާއިމުކުރުމަށްފަހު އޭގެ ތަމްރީނު ވަނީ ފޯރުކޮށްދީފައެވެ.
އެމްގެޕް (M-GAP) މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް) ސެޓްފިކެޓަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވުމަށް، އަދި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ފައިދާތަކާއި، ތިމާވެއްޓާ ރައްޓެހި ގޮތުގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވުނު މުހިންމު ސްކީމެކެވެ. 2025 ވަނަ އަހަރު ތެރޭގައި ށ. ގޮއިދޫގެ 10 ދަނޑުވެރިން ވަނީ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް(އެމްގެޕް) ސެޓިފައިކޮށްފައެވެ. މިއީ ދަނދުވެރިކަމުގެ ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބީއެކެވެ.އަދި ދަނޑުވެރިން އުފައްދާ ތަކެތީގެ އަގު އެއްކުރެވި މާކެޓަށް ނެރުމުގެ މަޤުސަދުގައި "ލައިވްލިހުޑް އެންހާންސްމެންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިންގ އޮން ވެލިޔު ޗެއިން ޑެވޮލޮޕްމަންޓް" ގެ ދަށުން ށ.ގޮއިދޫގައި ވެލިއު އެޑިޝަން ފެސިލިޓީއެއް ވަނީ ގާއިމް ކޮށްފައެވެ. މި ފެސިލިޓީއަށް ބޭނުންވާ މެޝިނަރީއާއި ތަކެތި ހޯދައި އަގުއެއްކުރި ތަކެތި އުފައްދަން މިއަހަރު ނިމުމުގެ ކުރިން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސިލިޓީއިން އުފައްދާނެ ތަކެތީގެ ތެރޭގައި އޮޅުއަލަ ޗިޕްސް، އަދި ދޮންކެޔޮ ޗިޕްސް ހިމެނެއެވެ.
ރާއްޖެގައި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ހެދޭ ޞިއްޙަތަށް ފައިދާހުރި މޭވާއާއި ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތައް ހެއްދުމަށްއެހީތެރިވުމުގެ ގޮތުން ގަސް ހަދިޔާކުރުމަށް ހިންގާ ޕްރޮގްރާމެއް. އާންމުކޮށް ހައްދާ ހަދިޔާ ކުރެވޭ ބާވަތްތަކުގެ ތެރޭގައި ބަނބުކެޔޮ، އަލަ، ފަތްކެޔޮ، މުރަނގަ، ޖަނބުރޯލު ފަދަ ބާވަތްތައް ހިމެނޭ. އެގޮތުން މިއަހަރު ތެރޭގައިވަނީ ށ.އަތޮޅު ރަށްތަކުގެ ތެރެއިން، ގަސް ބޭނުންވެގެން އެދިފައިވާ ރަށްތަކަށް ގަސް ހަދިޔާ ކޮށްފަ. މިގޮތުން ޖުމްލަ 1159 ގަސް ވަނީ ހަދިޔާކޮށްފައެވެ.
އެގްރޯފޮރެސްޓްރީ ޕްރޮގްރާމަކީ ގަސްގަހާގެއްސާއި ދަނޑުވެރިކަމުގެ ބާވަތްތައް އެއްކޮށް އެއް ބިމެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ހެއްދުމުގެ ނިޒާމަށް ހޭލުންތެރިކުރުމާއި ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަން ޕްރޮމޯޓް ކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއް. 2024 ވަނަ އަހަރު އެގްރޯފޮރެސްޓްރީ ޕްރޮގްރާމް ގއ. ކޮނޑޭގައި ވަނީ ކުރިއަށްގެންގޮސްފަ.
ދަނޑުވެރިކަން މުޅި ރާއްޖެގައި ކުރިޔަށް ގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ، އެގްރިކަލްޗަރ ސެންޓަރުގައި، މި ދެ އަހަރުތެރޭގައި އަންނަނީ ތަރުކާރީގެ ތަފާތު ބާވަތްތަކުގެ އެކި ވެރައިޓީތައް ޓެސްޓްކުރުމާއި، ވަކިވަކި ބާވަތްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ތަފާތު މެތަޑްތައް ބޭނުން ކޮށްގެން ނެރެވޭ ނަތީޖާ ދެނެގަތުން ފަދަ ދިރާސާ މަސައްކަތްތައްކުރަމުން، އަދި މި ތަނުގައި ދަނޑުވެރިން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުން.
ސްކާލާ-ޕީއެސްއީއެފް މަޝްރޫޢުގެ ދަށުން ހއ، މާފަހި، އއ. ތޮއްޑޫ އަދި ލ. އަތޮޅުގައި ދިރާސާއެއް ކުރިއަށްގެންދެވުނު މި ދިރާސާ އަމާޒުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ވަރަށް އާންމު މޭވާ އެއްކަމުގައިވާ 'ފަޅޯ' ގެ ދެމެހެއްޓެނިވިކަމާއި ބާޒާރުގެ ފުރުޞަތުތައް އިތުރުކުރުމުގެ މައްޗަށް. މި ދިރާސާއިން ބަލާފައިވަނީ ދިވެހި ރަނގަޅު ދަނޑުވެރިކަމުގެ އުސޫލުތަކާއި ނުވަތަ އެމްގެޕްގެ ޙައްލުތައް އެއްކޮށްލައިގެން ފަޅޮލުގެ އުފެއްދުންތެރި ކަމާއި މާކެޓް އިތުރުކުރުމާއި ގުޅޭ ވެލިއު ޗެއިން އެނެލިސިސް އެއް ހެދުނު.
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ،ހދ،އަދި ށ ގެ26 ރަށެއްގައި ކުރިޔަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ދަށުން މިރަށްރަށުގައި އެރަށްރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް، އެފަރާތްތަކަށް ދަނޑުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި އެކި ބާވަތުގެ ތަރުކާރީ އަދި މޭވާ ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދެވުނު. މިޕްރޮޖެކްޓްގެ ފަރާތުން ދަނޑުވެރިންނަށް އާވެރައިޓީ ތައް ތަޢާރަފް ކުރުމުގެ ކުރިން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ ގައި އެޑަޕްޓިވް ރިސާރޗް ކުރިއަށްގެންދިޔަ.
ދަނޑުވެރިޔާ ޕޯޓަލް - ދަނޑުވެރިޔާ ޕޯޓަލް މިނަމުގައި ޕްލެޓްފޯރމް ތައްޔާރުކުރެވި ދަނޑުވެރިންނާއި ހަމަޔަށް ގެނެސް ދިނުމަށްޓަކައި، މިހާރު ކުރިއަށްދަނީ ޓެސްޓިންގ މަރުހަލާ.
20 ރަށަކުން 320 އެއްހާ ދަނޑުވެރިންނަށް ބިޒްނަސް ސްކިލްސް ތަމްރީނު ޕްރޮގްރާމް ވަނީ ހިންގިފަ.
'ދަނޑުވެރި މަންފާ' މެޗިންގ ގްރާންޓް ޕްރޮގްރާމެއް - ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، ވިޔަފާރިއެއްގެ ސިފާގައި ނެރެ މާރކެޓާއި ގުޅުވައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން 15.1 މިލިއިން ރުފިޔާގެ މެޗިންގ ގްރާންޓް ޕްރޮގްރާމެއް 'ދަނޑުވެރި މަންފާ' ގެ ނަމުގައި އުފައްދާ މި ސްކީމްއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލި، އަދި 10 ދަނޑުވެރިންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވޭ. މި ދެންނެވި ދަނޑުވެރންގެ ދަނޑުތަކުގައި ގްރީން ހައުސް ގާއިމްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި. އިތުރު 6 ދަނޑުވެރިންނާއެކު އެކު ވަރަށް އަވަހަށް ސޮއިކުރެވޭނެ.
ޖެންޑަރ އެކްޝަން ލާރނިންގ ސިސްޓަމް (ގާލްސް) ޕްރޮގްރާމް - ޕްރޮޖެކްޓްގެ 12 ރަށެއްގައި ވަރަށް ކާމިޔާބު ކަމާއިއެކުވަނީ ކުރިއަށް ގެންދެވިފައެވެ. އެހެންކަމުން އިފާޑްގެ ލަފަޔާއިއެކު ގާލްސް ކެޓެލިސްޓް ވޯރކްޝޮޕް ޑެމޯރަށްރަށުގެ ޗެމްޕިއަންސްއަށް މެއި 2024 ގައި ކުރިއަށްގެންދެވިފައިވެއެވެ. އަދި ޗެމްޕިއަންސް އެނބުރި ރަށަށްގޮސް ގާލްސް ވޯރކްޝޮޕްތައް ކުރިއަށް ގެންދެވިފައިވެއެވެ. މި ރަށްތަކުގައި ދަނޑުވެރިން ބާރުވެރިކުރުމަށް ހޯމް ގާޑްނިންގް ޕްރްގްރާމް 6 ރަށެއްގައި ހިންގިފައިވޭ. މިގޮތުން 6 ކޮރޮޕެއް ހައްދާނެ ގޮތް ދަސްކޮށްދެވުނު.
6 ރަށެއްގައި 'ކުކިންގް ޑެމޯ' އާއެކު ނިއުޓްރިޝަން ޓްރެއިނިނގް ކުރިއަށްގެންދެވުނު.
'އިސް ދަނޑުވެރިޔާ" ނަމުގައި ލީޑް ފާރމާސް ޓްރެއިނިނގް ކުރިއަށްގެންދެވުނު. މިއީ 24 ދަނޑުވެރިންނާއެކު 2 ހަފްތާ އަށް ކުރިއަށްގެންދެވުނު ޕްރޮގްރާމެއް. މީގެ 2 ވަނަ ބުރެއް މި ނޮވެންބަރު މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުން.
104 ހަފްތާގެ ތެރޭގައި ރާއްޖެގެ 28 ރަށަކުން 478 ފަރާތްތަކަށް ދަނޑުވެރިކަމުގެ ތަމްރީންތައް، އެގްރިކަލްޗަރ ޑިޕާޓްމަންޓްގެ ފަރާތުން ވަނީ ފޯރުކޮށްދީފައެވެ.
ގއ.ކޮނޑޭގައި ފުޑްސެކިއުރިޓި މަޝްރޫއު ހިންގުމަށް ބިމުގެ އެގްރިމަންޓްގައި ސޮއިކުރެވި، އިޢުލާން ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން.
ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ކ.ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް، ބިމުގެ އެގްރިމަންޓަގައި މިއަހަރު ވަނީ ސޮއިކޮށްފަ. އަދި އިޢުލާން ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް.
ހދ. ނޮޅިވަރަމުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް، ތަނެއް ގާއިމު ކުރުމަށް ބިމުގެ އެގްރިމަންޓްގައި މިއަހަރުތެރޭގައި ވަނީ ސޮއިކޮށްފައި.
ވުޒާރާގެ ނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން ސާރވިސް ޑިޕާޓުމަންޓުގެ މަސައްކަތްތަކަށް ބަލާލާއިރު، ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ހިސްޕައިން ބީޓްލް ކޮންޓްރޯލުކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ދެއަހަރު ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހިސްޕައިން ބީޓްލްއަށް ޙަމަލާދޭ ނެޗްރަލް އެނެމީ (ޕެރަސިޓޮއިޑު) އާލާކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ގޮތުން ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސް (ކަޓާސް) ގެ ޓީމެއް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް، ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ނެޗްރަލް އެނެމީ އިންސެކްޓް ޕްލާންޓް ޤާއިމުކުރުމުގެ ސާވޭ ހަދައިފައެވެ.
ރާއްޖޭގައި ރުއްއަލާކުރުމާއި، މިނިވަން 60 ގުޅުވައިގެން ހުޅުމާލޭ ފޭސް 2 ގައި ވަނީ 60 ރުއް އިންދާފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އަތޮލުތެރޭގެ 15 ރަށަކުން 950 ރުއް ވަނީ އިންދާފަ.
އޮޅުހިޔާއަކީ މާލޭ ސަރަޙައްދުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ސަބަބުން މަގުތަކާއި، ޢާއްމުން ބޭނުންކުރަމުން ގެންދާ ޕާކުތައް މުޑުދާރުވަމުންދާތީއާއި، މަގުމަތީގައި ދުއްވާ އުޅަނދުފަހަރާއި، ޢާއްމުންގެ ފަރާތުން އެސޮރުމެންނަށް ލިބޭ ހާނީއްކަތަކުން ރައްކާތެރިކުރުމަށްޓަކައިރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'ހަފުތާ 14' ގެ މަގުޗާޓުގައި މާލޭސިޓީގައި ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމުކުރަން ފެށުން ހިމެނިފައިވާތީ، އެސޮރުމެންނަށް ރައްކާތެރި މާޙައުލެއް ޤާއުމުކޮށްދީ އަޅާލުންދިނުމަށްޓަކައި ހުޅުމާލޭ ފޭސް 2 އިން މި މިނިސްޓްރީއަށް ލިބިފައިވާ ބިމެއްގައި ޤާއިމުކޮށްފައިވާ ތަނެކެވެ. މިތަން ހިންގުން 2025 ވަނަ އަހަރުގެ ފެބްރުއަރީމަހު މި ވުޒާރާއަށް ނަގާ، މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދިޔާ ބުޅާތައް ވަނީ ނަގަންފަށާފަ. އަދި ވެޓެރިނަރީ ކްލިނިކްގެ މަސައްކަތްތައް ފަށައި ބުޅާތައް ނިއުޓަރ ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށަފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިނެވި ވަޢުދުފުޅުތަކުގެ ތެރެއިން މި ސަރުކާރުގެ 104 ހަފްތާގެ ތެރޭގައި 4 ވަޢުދެއް ފުއްދިފައިކަން ފާހަގަކޮށްލަމެވެ. އަދި މި ދާއިރާއިން ވެވަޑައިނެވި އިތުރު ވަޢުދު ފުޅުތައް ފުއްދަވައި ހަޤީޤަތަކަށް ހައްދަވައިދެއްވުމަށް މި ވުޒާރާއިން މި އަންނަނީ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންނެވެ.