ށ. ގޮއިދޫ ކައުންސިލުން އެ ރަށުގެ ދަނޑުވެރިކަން ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ދިމާވަމުން އަންނަ ގޮންޖެހުންތަކާއި ގުޅޭ ގޮތުން، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ އައިޝަތު ރަމީލާ އާއި ބައްދަލުކުރަށްވާ މަޝްވަރާކުރައްވައިފި.

13 އޯގަސްޓު 2024

ށ. ގޮއިދޫ ކައުންސިލުން އެ ރަށުގެ ދަނޑުވެރިކަން ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ދިމާވަމުން އަންނަ ގޮންޖެހުންތަކާއި ގުޅޭ ގޮތުން، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ އައިޝަތު ރަމީލާ އާއި ބައްދަލުކުރަށްވާ މަޝްވަރާކުރައްވައިފިއެވެ.

އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގައި މިއަދު ކުރިއަށް ދިޔަ، މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލުން ވަނީ އެ ރަށުގެ ދަނޑުވެރިން އުފައްދަމުން އަންނަ ތަކެތި މާރކެޓް ކުރުމުގައި ދިމާވަމުން އަންނަ ދަތިތައް މިނިސްޓަރ ޑރ ރަމީލާ އާއި ހިއްސާކުރައްވާފައެވެ.

ފުޑް ސެކިއުރިޓީގެ ހާލަތު ރަނގަޅު ކުރުމަށްޓަކާ ކައުންސިލުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިބައްދަލުވުނުގައި ކައުންސިލުގެ ރައީސް ފާހަގަކުރެއްވި. މިނިސްޓަރ ޑރ ރަމީލާ ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް ގޮއިދޫގައި ހިންގާ ކަމަށާއި، ކައުންސިލުން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.

ދަނޑުވެރިންނަށް ދިމާވަމުން އަންނަ ކަންބޮޑުވުންތަކައް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، މިނިސްޓްރީގެ ފަރާތުން ފަންނީ އެހީތެރިކަން ދެއްވާނެ ކަމަށް މިނިސްޓަރ ޑރ ރަމީލާ ވިދާޅުވި. ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ނެރެދެއްވުމަށް މަސައްކަތްކޮށް ދެއްވުމަށް ކައުންސިލް ބައްދަލުވުމުގައި މިނިސްޓަރ ޑރ ރަމީލާ ވަނީ އެދިވަޑައިގެންފިއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު