ށ. ގޮއިދޫގެ ދަނޑުވެރިން އެމްޖީއޭޕީ ސްކީމަށް ސަރޓިފައި ކުރުމަށް މަސައްކަތް ފަށައިފި

02 ސެޕްޓެމްބަރު 2024

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ ޕީޑީއެސްއޭޑީ ޕްރޮޖެކްޓުގެ ދަށުން ށ. ގޮއިދޫގެ ދަނޑުވެރިން އެމްޖީއޭޕީ(މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ސްކީމަށް ސަރޓިފައި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި އެމްއެފްޑީއޭ( މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ) ގެ ޓީމަކުން އިންޓަނޭޝަނަލް ކޮންސަލްޓަންޓަކާ އެކު ށ. ގޮއިދޫގެ ދަނޑުތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

އެމްޖީއޭޕީ ސްކީމަކީ ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްކާތެރި ކާނާ އުފެއްދުމަށް ބާރުއަޅާ ސްކީމެކެވެ. މި ސްކީމުގެ ދަށުން ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް ދަނޑުވެރިންގެ މެދުގައި އާލާކުރުމަށް މަސައްކަތް ކުރެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ށ. ގޮއިދޫގެ ދަނޑުވެރިންނަށް އެމްޖީއޭޕީ ސްކީމުގެ ދަށުން ސަރޓިފިކެޓް ލިބި، އެ ރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ފެންވަރު މަތިވެ، ރައްކާތެރި ކާނާ އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު