ވަޒީރު ޑރ. މަރްޔަމް މާރިޔާ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް

27 މޭ 2025

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް ވަޑައިނަވައިފިއެވެ.

އެކަމަނާގެ މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު،އިޝިގަމީ ރުމިކޯ އަދި ޔޫއެންޑީޕީގެ ބޭފުޅުން ބައިވެރިވެވަޑައިނެވިއެވެ.

މިބޭފުުންނަށް ފުވައްމުލައް ސިޓީން މަރުޙަބާ ވިދާޅުވީ މޭޔަރ އިސްމާޢީލް ރަފީޤާއި. ޑެޕިއުޓީ މޭޔަރ މުހައްމަދު ފިކުރީ އާއި ސިޓީ ކައުންސިލްގެ މެމްބަރުންނެވެ.

މި ދަތުރުފުޅަކީ ޔޫއެންޑީޕީއާއި ޖަޕާން ސަރުކާރާއި ގުޅިގެން މިވުޒާރާއިން ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަވާ ދަނޑުވެރިކަމުގެ ޕްރޮޖެކްގެ އަމަލީ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވަވާ ދަތުރުފުޅެކެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ފުވައްމުލައް ސީޓީގެ ދަނޑުވެރިކަން ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު