13 އޯގަސްޓު 2024
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަގުމަތީގައި އުޅޭ ބުޅާތައް ވަގުތީ ގޮތުން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގެ ފަރާތުން މި މަސައްކަތް ފަށާފައިވަނީ މި މަހުގެ ތޭރަ ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ބުޅާތަކައް ވިއްސާރައިގެ ހިޔާވަހިކަން ހޯދުމަށް ޚާއްސަކުރެވިފައިވަނީ މޭރީ ބްރައުން ކުރިމަތީ އޮތް ހުސް ބިމުގައި ހުރި ކޮންޓެއިނަރއެއް ގައެވެ.
ކޮންޓެއިނަރ ސާފުކޮށް ވަގުތީގޮތުން ހިޔާވެވޭނެ ގޮތް މިހާރު ހަދާފައިވައިރު، ވާރޭވެހޭ ނަމަ މިނިސްޓްރީގެ ފަރާތުން ނިކުމެ ފެން ބޮޑުވާ ސަރަހައްދުތަކުގައި އުޅާ ބުޅާތަކައް ރައްކަތެރިކަން ދިނުމުގެ ގޮތުން އެ ސަރަހައްދަށް ގެންދާނެއެވެ.
މާލެ ސަރަހައްދުގެ މަގުމަތީގައި ގިނަ އަދަދެއްގެ ބުޅާ އުޅޭއިރު، އެ ބުޅާތަކަށް ދާއިމީ ހިޔާއެއް ހެދުމުގެ މަސައްކަތް ހުޅުމާލޭގެ ފޭސް ދޭއްގައި މިހާރު އަންނަނީ ކުރަމުންނެވެ. މިހާރު ކުރިއަށް ދަނީ މި ހިޔާގެ އެންމެ ފަހުގެ މަސައްކަތެވެ.