ޒަމާނީ ދަނޑުވެރިކަމަކީ އިޚްތިޔާރީ ކަމެއް ނޫން އެއީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ އަސާސީ ދާއިރާއެއް

19 ނޮވެމްބަރު 2025

ޒަމާނީ ދަނޑުވެރިކަމަކީ އިޚްތިޔާރީކަމެއް ނޫން، އެއީ ޤައުމުގެ ފެންވަރުގައި އިސްކަންދޭޖެހޭ ދާއިރާއެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކ. ކާށިދޫގައި ކުރިޔަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ މިވަނީ ބިމުގެ ދަތިކަމާއ،ި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަމާއ،ި އަދި

އިތުރުވަމުންދާ އާބާދީގެ ބޭނުންތައް ފުއްދުމަށް ދިމާވާ ގޮންޖެހުންތަކާއެކު ކުރިމަތިލާންޖެހިފައިކަމަށާއި، މިފަދަ

ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައ،ި ޒަމާނ،ީ ހަރުދަނާ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ހަލުވި ކަމާއިއެކު،

ތަޢާރަފުކޮށް ބޭނުންކުރުން ވަރަށް މުހިންމުކަމެއްކަމަށެވެ.

ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބުކޮށް، ވަޒީރުވިދާޅުވީ މިއީ ހަމައެކަނި ހުނަރުތައް އިތުރުކުރުމަށް ރާވާފައިވާކަމެއް ނޫންކަމަށެވެ. މިއީ ދަނޑުވެރިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ ގޮތުގައ،ި އީޖާދީ ޚިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ

ސްޓްރެޓީޖިކް މަސައްކަތެއްކަމަށެވެ. އެހެންކަމުން މި ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ މަރުހަބާ ކިޔާ، ޝުކުރު އަދާކޮށްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ މައުލޫމާތާއި ފަންނީ ޤާބިލުކަން އިތުރުކޮށްދެއްވުމުގެ މަޤްޞަދުގައ،ި

އެ ބޭފުޅުންގެ އަގުހުރި ޢިލްމާއި ފަންނީ ތަޖުރިބާ ހިއްސާކޮށްދެއްވ،ި މުދައްރިބުންނާއ،ި ޗައިނާގެ ކަޓާސްގެ

ޤާބިލު ތަޖުރިބާކާރުންނަށ،ް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.

ޒަމާނީ ދަނޑުވެރިކަމަކީ ހަމައެކަނިއިޚްތިޔާރީ ކަމެއް ނޫނ.ް އެއީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ އަސާސީ ދާއިރާއެއ.ް ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައ،ި ޒަމާނީ ދަނޑުވެރިކަމަކީ މުހިންމު ބިންގަލެއްކަން ފާހަގަކުރަނ.ް

ވަޒިރު ވިދާޅުވީ މި ޕްރޮގްރާމްގެ ބައިވެރިންވަނީ ޒަމާނީ ދަނޑުވެރިކަން ކުރައްވާނެ ގޮތްތަކާމެދު މަޢުލޫމާތު ހޯއްދަވާފަކަމަށެވެ. މީގެ އިތުރުނ،ް ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ކަންކަމަށް ބައްލަވައ،ި ގްރީންހައުސް ސިސްޓަމްތަކާއި ޒަމާނީ އާލާތްތައް ބޭނުންކުރާނެގޮތުގެ އިލްމު ލިބިވަޑައިގެންފައެވެ.

އަޅުގަނޑުމެންގެ ޘަޤާފީ ތަރިކައިގެ މުހިންމު ބައެއްކަމުގައިވާ ރުކަކީ އިޤްތިޞާދީ ގޮތުންވެސް ނުހަނުއަގުހުރި ވަސީލަތެއްކަން ދެނެގަނ،ެ ރުއް އިންދުމާއ،ި އެންމެ ރަނގަޅު ދަ ނޑުވެރިކަމުގެ އުސޫލުތަކުގެ ތަމްރީނު ލިބިވަޑައިގެންފައި

.

ވެލިނުލާ ކުރާ ދަނޑުވެރިކަމާއި ޒަމާނީ ނިއުޓްރިއަންޓް މެނޭޖްމަންޓްގެ ދާއިރާގައި ޢަމަލީ ތަޖުރިބާ

ލިބިފައިވުމަކ،ީ އަޅުގަނޑުމެންގެ ޖަޒީރާ ރަށްތަކުގެ އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ފަދަ އީޖާދީ ޓެކްނޮލޮޖީއެއްކަމަށާއި

އަދި ހަމައެހެންމ،ެ ދިރޭތަކެތި ބެލެހެއްޓުމުގެ ޢަމަލީ މަޢުލޫމާތު ލިބިފައިވުމަކ،ީ ބޭރުގެ އިމްޕޯޓަށް ބަރޯސާވުން

މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއްކަމަށެވެ. .

ތިޔަ ބޭފުޅުން ހާސިލުކުރައްވާފައިވާ މި ހުނަރުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ އިޤްތިޞާދީ ލަނޑުދަނޑިތަކާ ގުޅިލާމެހިފައިވާ ކަންކަނ.ް މި ހުނަރުތަކުގެ ސަބަބުނ،ް ފެސިލިޓީ ދަނޑުވެރިކަން ރޭވުންތެރިކަމާއެކު ފުޅާކުރުމަށާއ،ި ރާއްޖޭގެ ރުއްގަހާއި ކުކުޅުގެ ވެލިއު ޗެއިންތައް ހަރުދަނާކުރުމަށާއ،ި މުޅި ޤައުމުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރިއެރުވުމަށް މަގު ފަހިވެގެންދާނެ .

ވަޒީރު ޑރ. މަރްޔަމް މާރިޔާ އިތުރަށް ވިދާޅުވީ ތަމްރީންގެ ބައިވެރިން، ލިބިފައިވާ ތަޖުރިބާއާއި ޢިލްމުގެ އަލީގައ،ި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވުންކަމަށެވެ. މިއަދު މި ނިމިގެންދާ ޕްރޮގްރާމަކީ ނިމުމެއް ކަމުގައި ދެކެވައިޑައި ނުގަންނަވާކަމަށާއި، މިއ،ީ ފެށުމެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ އިރުޝާދުގެ ދަށުނ،ް މިނިސްޓްރީ އިން މިވަނީ މިފަދަ ތަމްރީނު

ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމަށާއ،ި ޒަމާނީ ފަންނުވެރިކަން ދަނޑުވެރިކަމުގެ ދާއިރާއަށް ތަޢާރަފްކުރުމަށް ހިތްވަރުދިނުމަށާއ،ި އަދި އަޅުގަނޑުމެންގެ އަގުހުރި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޢަޒުމް ކަނޑައަޅާފައިކަމަށެވެ. އަދި މި ވުޒާރާއިން ތަމްރީންވި ފަރާތްކާއި، ގާތުން މަސައްކަތްކޮށ،ް ކުރިމަތިވާ ގޮންޖެހުންތަކުގައި އެހީތެރިކަން ފޯރުކޮށްދ،ީ އިތުރު ފަންނީ ތަމްރީނުތައް ރާވާ ، ދަނޑުވެރިކަމުގެ ދާއިރާއިން ހާސިލުކުރައްވާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރާނެ ކަމުގެ ޔަގީންކަން އަރުވަނ.ް

މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ހިޒް އެކްސެލަންސީ ކޮންގ ޝިއާންހޫ ، ހައިނާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ކޮމިޓީގެ ނައިބު ރައީސ،ް ހިޒް އެކްސެލަންސީ ޔާން ޝީޖުނ،ް ހައިނާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ގެ

ޑެލިގޭޝަނ،ް ކެޓާސް ޑެލިގޭޝަނު މެންބަރުނ،ް އަދި ކާށިދޫ ކައުންސިލުގެ ރައީސް އަދި ކައުންސިލުގެ މެންބަރުންގެ އިތުރުން

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިނެވިއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު